ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމަށް އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ. އެހެނަަސް އޭނާ އެޕާޓީއަށް ސޮއިކުރެއްވީ ކޮންއިރަކު ކަމެއް އެނގިފައެއް ނުވެއެވެ.

އެމްޑީޕީން ވަނީ ޝަރީފް އެޕާޓީއަށް ސޮއިކުރި މަންޒަރު ފެންނަ ފޮޓޯތަކެއް ޓުވިޓަރ މެދުވެރިކޮށް ހާމަކޮށްފައެވެ. އެ ފޮޓޯތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެސް ފެނިވަޑައިގަންނަވައެވެ. ބޮޑަށް ބެެލެވޭ ގޮތުގައި ޝަރީފް ސޮއި ކުރައްވާފައިވަނީ މުލީއާގޭގައެވެ.

ޝަރީފަކީ ކުރިން ޕީޕީއެމްގެ މެމްބަރެކެވެ. ރައީސް ޔާމީންގެވެރިކަމުގައި އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވައިފައެވެ. ޝަރީފަކީ އޭރު ރައީސް ޔާމީނާ ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ދިޔަގޮތުން ޝަރީފާއި ރައީސް ޔާމީނާ ވަަރަށްބޮޑަށް މައްސަލަޖެހި ސިޔާސީ ހަތުރުންނަށް ވިއެވެ.

ޝަރީފް އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވީ 2021 ވަނަ އަހަރު ޖޫން 15 ވަނަ ދުވަހުއެވެ. ސްޓެލްކޯގެ އެމްޑީއަކަށް އޭނާ ހަމަޖެއްސެވީ މިއަހަރު މާރިޗު 1 ގައެވެ.