މިއީ ޑައިޓުގެ ޒަމާނެވެ. ރީތިކޮށް ތިބެން ބޭނުންވާ ޒަމާނެވެ. ހަށިގަނޑަށް ފައިދާހުރި ކާނާއަށް މީހުން ހޭލުންތެރިވެފައިވާ ޒަމާނެވެ.

މީގެ ތެރެއިން ހަައި ޕްރޮޓިން ޑައިޓްއަކަށް ބޭނުންވާ މީހުން ވެސް މަދެއްނުވާނެއެވެ. އެފަދަ ޑައިޓަކަށް ކޮލިޓީ ބޯންލެސް ޗިކަން ބޭނުން ހެއްޔެވެ؟ ބޭނުންވާ މީހުންނަށް ހެޕީމާކެޓުން ވަނީ އެ ފުރުސަތު ފަހިކޮށްދީފައެވެ. ހަައި ޕްރޮޓިން ޑައިޓަކަށް ކޮލިޓީ ބޯންލެސް ޗިކަން ހެޕީމާކެޓުން ލިބެން އެބަހުއްޓެވެ. އެއް ކިލޯ އަދި ދެ ކިލޯގެ ބޯންލެސް ޗިކަން އެތަނުން ލިބެން އެބަހުއްޓެވެ.

ހެޕީމާކެޓަކީ ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަނަން މަޝްހޫރު ކުންފުންޏެކެވެ. އެ ތަަނުން ވިއްކާ ކާބޯތަކެތީގެ ތެރޭގައި ބޯންލެސް ޗިކަންއާއި، އަސްދޫންޏާއި، ހިކިކިރާއި، ޗިކަން ބްރެސްޓާއި، ޗިކަން ޑްރަމްސްޓިކާއި ބީފް ޗަންކްސް ފަދަ ކާއެއްޗެހި ހިމެނެއެވެ. މީގެ އިތުރުން ލޭމްބް ގެ އެކި ކަޓްތަކާއި، މަޓަން ކަޓްސްއާއި ހޯލް ޓަރކީއާއި ފްރެންގަސޯލް ސޮސެޖު ހިމެނެއެވެ.

ހެޕީމާކެޓަކީ ރާއްޖެއަށް ފިނިކުރި ކާބޯތަކެތި އެތެރެކޮށް ވިއްކަން ފެށި ފުރަތަމަ ކުންފުންޏެވެ.