މާލެ އިން ފުރައިގެން ދާލު އަތޮޅަށް ދަތުރު ކުރަމުން ދިޔަ"ރެދަން" ނަމަކަށް ކިޔާ ދޯންޏެ ދިޔަވަމުންދާތީ އެ ދޯންޏަށް އެހީވުމަށްޓަައި ސިފައިންގެޓީމެއް ފުރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ދޯނި ދިޔަވާން ފަށައިފައިވަަނީ ވ. ފުުށިފަރު ކައިރިން ދަތުރުކުރަމުންދަނިކޮށް ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މިއަދު 13:28 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެެ.