ތިން ދާއިރާއެއްގެ ބައިއިލެކްޝަންތެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފިއެވެ.

އެ ތިން ދާއިރާއަކީ ރ. ދުވާފަރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ހދ. ވައިކަރަދޫ ކައުންސިލް އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

އެމްޑީޕީން ބުނެފައިވަނީ އެ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ އެ ޕާޓީގެ މެންބަރުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރައްވައި މި ހިނގާ ނޮވެމްބަރު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ޕާޓީގެ އޮފީހަށް ހުށަހެޅުުމަށެވެ. މިކަމަށް ކުރިމަތިލާން އެދޭ ފޯމް ޕާޓީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.

ދެ ދާއިރާއެއްގައި އެންމެ ފަހުން ބޭއްވި ބައިއިލެކްޝަންތައް އެމްޑީޕީއާ ވާދަކޮށް ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ.