މިއަަހަރު ރާއްޖޭގައި ފާހަގަކުރާ މަސްވެރީންގެ ދުވަހަކުގައި ގދ. ފަރެސްމާތޮޑާގައި މަސްކެނޑުމުގެ މުބާރާތެއް ބާއްވަން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.
ރާއްޖޭގައި މިއަހަރު ފާހަގަ ކުރާ 42 ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ފަރެސްމާތޮޑާގައެވެ. މި މިބާރާތަކީ ފަރެސްމާތޮޑާކައުންސިލާއި ފިޝަރީޒް މިނިސްޓްރީން ގުޅިގެން ބާއްވާ މުބާރާތެކެވެ.
ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން ނޮވެމްބަރ 21 ވަނަ ދުވަހުގެ 13:00 އށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރުމަށެވެ. އެއަށްފަހު 24 ނޮވެމްބަރ 2022 ވަނަ ދުވަހު 14:00ގެ ކުރިން އެ އިދާރާއަށް ފޯމް ހުށަހެޅުމަށް ވެސް އެދިފައިވެެއެވެ.
މަސްވެރީންގެ ދުވަހަށް ފަރެސްމާތޮޑާ ދަނީ ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ރަށުތެރޭ ސާފުކުރުމާއި މެހުންމާނުންނަށް މަރުހަބާ ކިޔުމަށް ކުރަންޖެހޭ ކަންކަމާއި ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތަކުގައި އެރަށުގެ ޒުވާނުންނާއި މަސްވެރީންނާއި ކުދިބޮޑު އެންމެން ބައިވެރިވަމުންދާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.