ހުޅުމާލޭ ފިޔަވަހި 2 ގައި އިމާރާތް ކޮށްފައިވާ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވީ އެ ޓަަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ، އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށެވެ. އެ ކޭބަލަށް ގެއްލުންވީ އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ބިންގަނޑު ކޮނުމުގެ ތެރޭގައި ކަމަށެވެ. އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ.

ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތު ހޭދަވާނޭ ކަމަށާއި، އެ ކޭބަލް އައިސޮލޭޓްކޮށް (ވަކިކޮށް) އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ވެސް ސްޓެލްކޯއިން ވިދާޅުވިއެވެ. މި މަސައްކަތަށް ދެ ގަޑިއެއްހާއިރު ހޭދަވާނޭ ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ކެނޑުނު ވަގުތު ލިފްޓުގައި ތިބި ބަޔަކުވަނީ އެތާ ތާށިވެސް ވެފައެވެ. އެމީހުނަށް ލިފްޓުން ނުކުމެވުނުކަމެއް އަދި އެނގިފައެއް ނުވެއެވެ.