ބޮޑެތި ޑިސްކައުންޓް ތަކާއެކު އެސްޓީއޯގެ އަހަރު ނިންމާ ސޭލް މިއަދު ފަށައިފިއެވެ. އެސްޓީއޯ ޕީޕަލްސްޗޮއިސްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ސޭލް ފަށްޓަވައިދެއްވީ އެސްޓީއޯގެ ސޭލްސް މެނޭޖަރ އަބްދުﷲ ސައީދެވެ.

މި ސޭލް ކުރިއަށްދާނީ މިއަދުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށެވެ. މާލެއާއި އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުގައިވެސް މި ސޭލް ކުރިއަށްދާނޭ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. ސޭލް ކުރިއަށްދާ މުއްދަތުގައި އެސްޓީއޯ އިން ވިއްކާ ހުރިހާ މުދަލަކުން ޑިސްކައުންޓު ލިބޭނެއެވެ.

މި ސޭލްގައި އަގު ހުރި އިނާމުތަކެއް ލިބިގެން ދާނެއެވެ. އޭގެ އިތުރުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ވެސް ލިބިގެންދާނެއެވެ. ކުރާ ކޮންމެ 500 ރުފިޔާ ގެ ވިޔަފާރިއަކަށް ލަކީޑްރޯގައި ބައިވެރިވުމުން ކޫޕަނެއް ވެސް ލިބިގެންދާނޭ ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވިއެވެ.

ލަކީޑްރޯގައި ހިމެނޭ އިނާމުތަކަކީ:

1 ވަނަ: 65 އިންޗީގެ ޓީވީ އަކާއި ސައުންޑް ސިސްޓަމެއް އަދި އައިސްއަލަމާރިއެއް ހިމެނޭ ގިފްޓު ބަންޑަލް އެއް.

2 ވަނަ: 15،000 ރުފިޔާގެ ގެ ގިފްޓު ވައުޗަރެއް.

3 ވަނަ: 500 ރުފިޔާގެ ގިފްޓް ވައުޗަރއެއް.