ގދ. ފަރެސްމާތޮޑާއިން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުން ގެއްލުނު ފަޅުވެރިޔާ އަަދިވެެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އޭނާ ހޯދުމަށް ކަނޑުމަގުންނާއި، ވައިގެމަގުން 5118 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރުވަނީ ބަލާފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކޯސްޓްގާޑުގެ ސިފައިން ވަނީ ވައިގެ މަގުން 4854 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައެވެ. ކޯސްޓްގާޑު ޝިޕް ޢާޒީއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ގުޅިގެން ވަނީ ކަނޑުމަގުން 264 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ލޭންޑްކްްރާފްޓް ބަންޑުންވިއިރު އޭގައި 4 މީހަކު ތިއްބެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ސަލާމްތްވެފައެވެ. އެމީހުން ސަލާމަތް ކޮށްގެން ވާދުއަށް ވަނީ ގެންގޮސްފައެވެ. އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.