ނޮވެމްަރު 10 ވަނަ ދުވަހުގެރޭ އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވި މ. ނިރުފެހިގެއިން އިންސާނެއްގެ ފައިތިލައެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ އެ ފައިތިލަ ފެނިފައިވަނީ އެގެ ސާފު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް މިމަހު 15 ވަނަ ދުވަހު ކަމަށެވެ. މި ފައިތިލައާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި އެނގިފައެއް ނުވެއެވެ.

މި ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން 8 މީހުންނަކީ އިންޑިއާ މީހުންނެވެ. އަނެއް ދެ މީހުންނަކީ ބަނގްލަދޭޝް މީހުންނެވެ.