އަރަބި-އިސްލާމީ ތަޢުލީމް ރާއްޖޭގައި ފުޅާކޮށް، ވަސީލަތްތައް އިތުރުކޮށް، މި ޒަމާނުގެ އިމާރާތްތަކެއް ހޯދައި ދިނުމަކީ ރިޔާސީ ވައުދެއް ކަމަށް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އިއުލާން ކުރައްވައިފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރީންނާ އިއްޔެ ބައްދަލު ކުރެއްވުމަށްފަހުގައެވެ. އުމަރު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާލުމުގެ ފުރުސަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ. "އަރަބި-އިސްލާމީ ތަޢުލީމް ރާއްޖޭގައި ފުޅާކޮށް، ވަސީލަތްތައް އިތުރުކޮށް، މި ޒަމާނުގެ އިމާރާތްތަކެއް ހޯދާދިނުމަކީ އަޅުގަޑުގެ ވަޢުދެއް،" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ދިރުވައި، ދުޅަހެޔޮ، އަޚްލާގް ރަނގަޅު، ހެޔޮލަފާ، ތަޢުލީމީ ޖީލެއް ބިނާކުރުމަކީ އުމަރުގެ ވެރިކަަމެއްގައި އެންމެ އިސްކަން ދެއްވާނޭ އެއްކަންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.