ސެނެގާލް ގައުމީ ޓީމުގެ ކެޕްޓަން އަދި އިތުބާރު ފޯވާޑް ސާޑިއޯ މާނޭއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި އޭނާއަށް ނުކުޅެވޭނެކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.
މާނޭއަށް އަނިޔާވެފައި ވަނީ ޖަރުމަން ބުންޑަސް ލީގާގައި އެންމެފަހުން ބެޔާން މިޔުނިކް ކުޅުނު މެޗުގައި އޭނާގެ ކަކުލަށެވެ. މީޑިޔާ ބަައެއް ރިޕޯޓުތައް ބުނާ ގޮތުގައި މާނޭއަށް ކުޅެވޭވަރު ވާނީ ގްރޫޕް ސްޓޭޖް އެންްމެފަހު މެޗުގައެވެ.
ގްރޫޕް ސްޓޭޖުގައި ސެނަގާލް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރަން ޖެހެނީ މިމަހުގެ 21 ވަނަ ދުވަހު ރާއްޖޭ ގަޑިން ރޭގަނޑު 21:00 ގައި ނެދަލޭންޑްސްއާއެވެ. މިގްރޫޕުގައި ދެން އޮތީ މުބާރާތް ބާއްވާ ގަތަރާއި އިކްއެޑޯރެވެ.
ސެނަގާލްގެ ކޯޗް އަލިއު ސިސޭ ބުނީ މާނޭ ނުލައި ކުޅެން ޖެހުމަކީ ބޮޑު އިމްތިހާނެއް ކަމަށާއި މިއީ އެއްވެސް މީހަކު އުއްމީދު ކުރި ގޮތެއް ނޫން ކަމަށެވެ.