އަންނަ އާދިއްތަ ދުވަހުގެ ރޭ ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން މިރޭ ޔޫއޭއީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗް ފަސޭހަ ކަމާއެކު 5-0 އިން މަޝްހޫރު އާޖެންޓީނާއިން ކާމިޔާބު ކޮށްފިއެވެ.

ޔޫއޭއީގައި ކުޅުނު މިމެޗުގައި އާޖެންޓީނާއިން ފުރަތަމަ އެގާރަޔަށް ނެރުނީ އެންމެ ވަރުގަދަ ޓީމެވެ. އެންމެ ކުރިއަށް ކުޅުނީ ކެޕްޓަން ލިއޮނަލް މެސީ އާއި ޖޫލިއަން އަލްވަރޭޒެވެ. ދެއަރިމަތިން ވިންގަށް ކުޅުނީ އެހެން ޑިމަރިއާ އާއި މާކް އަލިސްޓާއެވެ. މެދުތެރޭގައި ދެންތިބީ ޑިޕައުލް އާއި ޕެރެޑެސްއެވެ. ސެންޓަރަލް ޑިފެންޑަރުންނަށް ތިބީ އޮޓަމެންޑީ އާއި ލިސަންދްރޯ މާޓިނޭޒެވެ. ދެއަރިމަތިން ބެކުންނަށް ތިބީ އަކޫނާ އާއި ފޮއިތެވެ.

ފުރަތަަ ހާފުގައި އާޖެންޓީނާއިން 4 ލަނޑު ޖެހިއެވެ. ޑިމަރިއާއެވެ. އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ އަލްވަރޭޒާއި މެސީއެވެ. ދެވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޖޯކްއިން ކޮއްރީއެވެ.

މެޗަށްފަހު އާޖެންޓީނާގެ ކޯޗް ލިއޮނަލް ސްކޮލާނީ ބުނީ ބައެއް ކުޅުންތެރިންގެ ބޭނުން ނުހިފީ މުޅިން ފިޓްނުވާތީ ކަމަށާއި ވޯލްޑް ކަޕް ފެށުމުގެ ކުރިން ސްކޮޑަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މުޅިން ފިޓްނުވާތީ މިރޭ ކުޅެން ނާރުވާ ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރު ރޮމެރޯ އާއި ޕްލޭ މޭކަރ ޑިބާލާ ފާހަގަ ކޮށްލެވެއެވެ.

ވޯލްޑް ކަޕުގެ ކުރިން އާޖެންޓީނާ ދެން އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައެއް ނުވެއެވެ. މިފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އާޖެންޓީނާ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހެނީ ސައުދީ އަރަބިއްޔާ އާއި ޕޮލެންޑް އަދި މެކްސިކޯއާއެވެ.