އަންނަ އާދިއްތަ ދުވަހުގެ ރޭ ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ އެއްވެސް މެޗެއްގައި އަނިޔާގެ ސަބަބުން ސެނަގާލްގެ ކެޕްޓަން އަދި މަޝްހޫރު ފޯވާޑް ސަޑިއޯ މާނޭއަށް ނުކުޅެވޭނެކަން ކަށަވަރު ވެއްޖެއެވެ.

މާނޭގެ ވާތުފައިގެ ކަކުލަށް ލިބިފައިވާ އަނިޔާއިން، ވޯލްޑް ކަޕް ނިމޭއިރުވެސް އޭނާ ރިކަވަރ ނުވާނެކަން ހާމަކުރީ ސެނަގާލް ފުޓްބޯޅަ ފެޑެރޭޝަނުން މިރޭގެ ވަގުތެއްގައެވެ.

މާނޭއަށް އަނިޔާވީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން، ޖަރުމަން ބުންޑަސްލީގާގައި ބަޔާން މިޔުނިކަށް ކުޅެދިން މެޗެއްގައެވެ.

ނެދަލޭންޑްސް އާއި ގަތަރާއި އިކްއެޑޯ ހިމެނޭ ގްރޫޕް "އޭ" ގައި އޮތް ސެނަގާލަށް މާނޭ ނުލައި ވޯލްޑް ކަޕް ކުޅެން ޖެހުމަކީ ބޮޑު އިމްތިހާނަކަށް ވެގެންދާނެއެވެ.