އިންވެގެން އޮތް ޔޫކްރައިނާއި ރަޝިޔާ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ނުތަނަވަސްކަން ވެރިވެފައިވާ މަޝްހޫރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީގެ ޕޮލެންޑުން، އެގައުމުގެ ގައުމީ ޓީމު، ވޯލްޑް ކަޕުގައި ވާދަކުރުމަށް ގަތަރަށް މިއަދު ފުރުވާލުމުގެ ކަންކަން ތަފާތު ގޮތަކަށް ކުރިއަށް ގެންގޮސްފިއެވެ.

ޕޮލެންޑުގެ ވައިގެ ސަރަހައްދު ނުރައްކަލަށް ހުށަހެޅިފައިވާތީ، ޕޮލެންޑް އަސްކަރިއްޔާއިން ކުރި ކަމަކީ ގައުމީ ޓީމު ދަތުރުކުރި ފްލައިޓަށް ޕޮލެންޑް ވައިގެ ސަރަހައްދުން ނިކުމެވެންދެން އެފް-16 ހަނގުރާމަ މަތީ މަތިންދާ ބޯޓެއްގައި ވަރުގަދައަށް ސެކިއުރިޓީ ދިނީއެވެ.

ގިނަބައެއްގެ ފާޑު ކިޔުން މިކަމަށް އަމާޒުވުމުން ޕޮލެންޑުގެ ޑިފެންސް މިނިސްޓަރ މާރިއޫ ބްލަސްޒެކް ވިދާޅުވީ އަސްކަރިިއްޔާއިން ކުރީ ހިތްވަރުގަދަ އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ސަޕޯޓް އޮތްކަން ދައްކަން ރަނގަޅު އަމަލެއް ކަމަށެވެ.

ބްލަސްޒެކް ވިދާޅުވީ ގައުމީ ޓީމު ދަތުރު ކުރި ފްލައިޓަށް އެފް-16 ޖެޓުން "ހިމާޔަތް" ދިން ނަމަވެސް، އެކަން ކުރިއަށް ގެންގޮސްފައިވާނީ އާދައިގެ ޕައިލެޓް ޓްރެއިންގއެއް ފަދަ ގޮތަކަށް ކަމަށެވެ.

ޕޮލެންޑް މިފަހަރު ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހެނީ މަޝްހޫރު އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާ އަދި މެކްސިކޯއާއެވެ.