ރައީސް ސާލިހުގެ ވެރިކަމުގައި ފާއިތުވި 4 އަހަރުދުވަހަކީ ދިވެތާރީޚްގައި ވަރަށްގިނަ ގޮތްގޮތުން ރަންއަކުރުން ފަވާލެވޭ 4 އަހަރުކަން ޔަގީން. ައްޔިތުންނަށް އަސާސީ ޚިދުމަތް ކަށަވަރުވެ ގައުމުގައި ސުލްހަމަސަލަސްކަން ގާއިމްވެ ހަމަހަމަ ކަމާއެކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން 4 އަހަރު.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ފާއިތުވި 4 އަހަރަކީ ދިވެހި ރައްޔިތުންނަށް އަސާސީ ޚިދުމަތް ކަށަވަރުވި އަހަރުތަކެއް ކަމަށް ފެނަކަކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ 4 އަހަރަކީ ގައުމުގައި ސުލްހަމަސަލަސްކަން ގާއިމްވެ ހަމަހަމަ ކަމާއެކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން 4 އަހަރު ކަމަށެވެ. ސަރުކާރަށް 4 އަހަރު ފުރުނު ދުވަހު ފެނަކައިން ވެސް ވަނީ ރައްޔިތުންނަށް ޚާއްސަ ޚިދުމަތެއް މުޅިން އަލަށް ފަށައިފައެވެ. އެއީ ކަރަންޓު މީޓަރު ޓެސްޓް ކުރުމުގެ ޚިދުމަތެވެ. އެ ޚިދުމަތުގެ ދަށުން ގަޑިއަކު 75 މީޓަރު ޓެސްޓް ކުރެވޭނެއެވެ. ސައީދު ވިދާޅުވި ފެނަކައިން މަސައްކަތް ކުރައްވަނީ އެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރެއްވުމަށެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ 4 އަހަހަރާ ބެހޭގޮތުން ސައީދު އިތުރަށް ވިދާޅުވެފައިވަނީ އެއީ ރަންއަކުރުން ފަވާލެވޭނޭ 4 އަހަރު ކަމަށެވެ. "ރައީސް ސާލިހުގެ ވެރިކަމުގައި ފާއިތުވި 4 އަހަރުދުވަހަކީ ދިވެހި ތާރީޚްގައި ވަރަށްގިނަ ގޮތްގޮތުން ރަންއަކުރުން ފަވާލެވޭ 4 އަހަރުކަން ޔަގީން،" އޭނާ ވިދާޅުވެފައިވެއެވެ.

މި ސަރުކާރުން މިހާރުވެސް ގެންދަނީ އެކި ރަށްރަށުގައި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ.