މާލޭގައި ފުލުހުން މިއަދު ހިންގަމުންދާ ޑްރަގުގެ ބޮޑު އޮޕަރޭޝަނުގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެނެ 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކާރުގެ ޑިކީއަކުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ވަނީ، ފަރީދީ މަގު ހިމެނޭ ބޮޑު ސަރަހައްދެއް ބަންދުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ހުރީ ދެ ގޯންޏެއްގެ އިތުރުން ދެ ލަގެޖެއްގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.