ގދ. ފަރެސްމާތޮޑާ އެއާޕޯޓުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ސެކިއުރިޓީ ފެންސު ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީން ބުނެފިއެވެ.
އެ ކުންފުނީން ބުނެފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތުގެ %82 ވަނީ ނިމިފައި ކަަށެވެ. ފަޔަރ ބިލްޑިންގާއި އަދި ޓާރމިނަލް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތުގެ %95 މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަމަށް ވެސް ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވެފައިވަނީ މިއަހަރުގެ މަސްވެރީންގެ ދުވަހު މި އެއާޕޯޓު ހުޅުވުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.