ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިނަލް އަޤްވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި "އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް ކޭމްޕް" އެއް ބޭއްވުމަށް އެމްއޭޕީޑީ އިން ތައްޔާރުވާން ފަށައިފިއެވެ. އެތަނުން ބުނީ މި ކޭންޕު ބާއްވަނީ ދިރާގާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކަމަށެވެ.

މިކޭމްޕް ބޭއްވުމުގައި ވާސޯ މެޑިކަލް ސެންޓަރާއި، އިންޑިޔާގެ ޖޮޝުއާ ކްލިނިކް އަދި އެސްޓްރާ ރިހެބް ގެ ފަރާތުން ޕްރޮފެޝަނަލުން ބައިވެރިވާނެއެވެ. ހދ. އާއި ހއ. އަތޮޅުގައި ދިރިއުޅެމުންދާ ނުކުޅުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސިއްހީ ހާލަތު ދެނެގަނެ އެފަރާތްތަކަށް ސިއްހީގޮތުން ބޭނުންވާ ތެރެޕީ މިކޭމްޕްގައި ލިބޭނޭ ކަމަށް އެމްއޭޕީޑީ ވަނީ ބުނެފައެވެ.

މީގެ އިތުރުން އެފަދަ ކުދިންނަށް ހެލްތު ސްކްރީނިންގ ވެސް މިކޭޕްގައި ހެދޭނެއެވެ. މިއީ 3 ދުވަހަށް ކުރިއަށް ގެންދާ ކޭންޕެކެވެ. ކޭންޕް ކުރިއަށްދާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އުފަން ހިޔާގެ އިމާރާތުގައެވެ.

މިކޭމްޕްގައި، ސްޕީޗް އެންޑް ލެންގްއޭޖް ތެރަޕީ، ފިޒިއޮތަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ، ކްލިނިކަލް ސައިކޮލޮޖީ، ޑެންޓަލް އަދި ލޯ ސްކްރީން ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މިކޭމްޕް ކުރިއަށްދާނީ އަންނަ ޑިސެމްބަރ 2 އިން 4 އަށެވެ. ޑޮކްޓަރުންނަށް ދެއްކުމާއި ސްކްރީން ކުރުމަކީ މުޅިން ހިލޭ އެމްއޭޕީޑީ އިން ކޮށްދޭ ކަމެކެވެ.

މި ކޭންޕުގައި ޑޮކްޓަރުން ބަލާ ގަޑިތައް:

2 ޑިސެމްބަރ 2022 ( ހުކުރު)

މެންދުރު 14:30-18:00

3 ޑިސެމްބަރ 2022 ( ހޮނިހިރު )

ހެނދުނު 9:00-12:00

މެންދުރު 13:00-15:00

4 ޑިސެމްބަރ 2022 ( އާދިއްތަ)

ހެނދުނު 9:00-12:00

މެންދުރު 13:00-15:00