އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ޑިސެންބަރު 17 ވަނަ ދުވަހު އޮންނާނޭ ކަމަށް އެޕާޓީން ބުނެފިއެވެ. އެމްޑީޕީން ބުނެފައިވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ލިސްޓު މިހާރުވަނީ އާންމު ކޮށްފައި ކަމަށެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އިއްޔެއިން ފެށިގެން ހުޅުވާލައިފައިވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ. ޝަަކުރުވާ ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު 27 ވަނަ ދުވަހު ގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނޭ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

ދާއިރާތަކުގެ އެކި މަގާމްތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް މެންނަރުން ކުރިމަތިލައިފައިވާ މަގާމްތަކަށް އިންތިޚާބަކާ ނުލައި އެ މެމްބަރުން ހޮވިފައިވާ ކަމަށް ވެެސް އެމްޑީޕީން ބުނެފައިވެއެވެ.