ޕެންޝަން އޮފީހުގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ފްރެކްޓިކަލް ސެޝަނެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނުގައި ޕެންޝަން އޮފީހުގެ 37 މުވައްޒަފުން ބައިވެކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ސެޝަނުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި:

  • އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތް
  • ފަޔަރ އެކްސްޓިންގުއިޝަރ
  • އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ.

ނޮވެންބަރު 24 ވަނަ ދުވަހު ކުރިއަށްދިޔަ މި ހަރަކާތް އޮތީ ކ.ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައެވެ. އަދި މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީވެސް މި ސްކޫލުގެ ފަޔަރމަނުންނެވެ.