މި ފަހަރުގެ ވޯލްޑް ކަޕް މުބާރާތާއި ވަކިވާން ޖެހުނަސް ގަތަރުން ދެއްކީ މުޅި އިސްލާމީ އުއްމަތަށްވެސް ރީތި ނަމޫނާއެކެވެ. މި ގޮތުން ޤަތަރުންވަނީ ވޯލްޑް ކަޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކުގައި ބަނގުރާ ވިއްކުމާއި ބުއިމަކީ މަނާ ކަމެއްކަން އިއުލާންކޮށްފައެވެ. ހުޅަނގުގެ ގިނަ މީހުންގެ ފާޑު ކިޔުންތައް އަމާޒުވިޔަސް ގަތަރުން ބޭނުންވީ ގޮތަށް މަޝްވަރާތައް ކޮށް ނިންމިއެވެ
"ބަނގުރާ ވިއްކުމާއި ގުޅޭ ގޮތުން ގަތަރުގެ ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާއިން މިނިމުނީ، ބަނގުރާ ވިއްކުމަށް ލައިސަންސް ދޫކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށް ބަނގުރާ ވިއްކޭނީ. މާނައަކީ ވޯލްޑް ކަޕް މިފަހަރު ކުޅުޅުމަށް ހަމަޖެހިފައިވާ އެއްވެސް ދަނޑަކުން ބަނގުރަލުގެ އެއްވެސް ބާވަތެއް ނުލިބޭނެއޭ" ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ
ގަތަރު ވޯލްޑް ކަޕް 2022 ބޭއްވުމުގައި ގަތަރުންވަނީ އިސްލާމީ އުސޫލުތަކާއި ހިލާފް ނުވާ ގޮތަށް ކަންކަން އިންތިޒާމް ކޮށްފައިވެއެވެ. މިގޮތުން ގަތަރުން ވަނީ ގަތަރުގެ އަރަބި ސަގާފަތާއި އިސްލާމް ދީނާއި ގުޅުންހުރި އެތައްކަންތަށްތަކެއް ދައްކުވައިދީފައެވެ.
މިގޮތުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ދިދައެއް ނުވަތަ އެނޫންވެސް އެއްޗެއް ގެންގުޅޭނަމަ އެފަރާތެއްގެ އަތުން އެއެއްޗެއް އަތުލާނެ ކަމަށް ގަތަރުން ވަނީ އިއުލާން ކޮށްފައެވެ. އަދި ގަތަރު ވޯލްޑް ކަޕް 2022 ގައި ޖަރުމަންގެ ފުރަތަމަ މެޗުގެ ޓީމު ފޮޓޯއިން ފެނިގެންދިޔައީ ކުޅުންތެރިން އަނގަމަތީގައި އަތް އަޅައިގެން ތިބި މަންޒަރެވެ. މި ގޮތައް އެއްޖިންސުން އުޅުން ޕްރޮމޯޓުކުރުމަށް ބޭނުންކުރާ "ވަންލަވް" ކެޕްޓަން ބޭންޑް އެޅުން މަނާކުރުމުންނެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ޖަރުމަންގެ ޓީމަށް އަމާޒުވިއެވެ
މި މުބާރާތް ޤަތަރުން ފަށައިފަވަނީ މާތްވެގެންވާ ކީރިތި ޤުރައާންގެ މޫރިތި އާޔަތްތަކުންނެވެ. ގުރުއާންގެ އަޑު ނޭހުމުގެ ގޮތުން ހުޅަނގުގެ ޓީވީތަކުން ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތު ދައްކާފައެއް ނުވެއެވެ. ނަމަވެސް، ދުނިޔޭގެ ގިނަބަޔަކު އެމަންޒަރުތައް ބަލައި އެއަޑު އަހައިފިއެވެ. އެ މުބާރާތުގެ 92 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ގުރުއާނުގެ އަޑު ވަނީ އިވިގެންގޮސްފައެވެ
ގަތަރުގެ ޖެހިލުން ކުޑަ ސިޔާސަތުގެ ސަބަބުން ހުޅަނގުގެ ނަޖިސް ވިސްނުމަށް ތާޢީދު ކުރާ ފަރާތްތަކުން ދަނީ ގަތަރު ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގޮވަމުންނެވެ. އެމެރިކާގެ ބައެއް މީޑީޔާތަކުން ވަނީ މިކަމަށް ފާޑު ކިޔާފައެވެ. ނަމަވެސް ގަތަރުން ބުނެފައި ވަނީ ވޯލްޑް ކަޕް އޮންނަ 28 ދުވަހަށްޓަކައި ދީން ބަދަލު ނުކުރެވޭނެ ކަމަށެވެ.
ވަރލްޑް ކަޕުގެ ފުރަތަމަ ބުރުން ގަތަރު ކެޓިނަމަވެސް، އިސްލާމީ ޝިއާރު މަތިވެރި ކުރުމުގައި ގަތަރުން މިވަނީ މުޅި އިސްލާމީ އުއްމަތް ފަޚްރުވެރި ކޮށްދީފައެވެ.