ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި މޮރޮކޯ އަތުން 2-0 އިން ބަލިވެ، މަޝްހޫރު އެތައް ތަރިންނެއް ހިމެނޭ ބެލްޖިއަމަށް ދެވަނަ ބުރުން ޖާގަ ހޯދުމަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެއްޖެއެވެ.

އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި މޮރޮކޯއިން ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖެހީ 73 ވަނަ މިނެޓުގައި އަބްދުލް ހާމިދު ސަބީރީއެވެ. ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ޒަކަރިއްޔާ އަބޫ ޚަލާލްއެވެ.

މަޝްހޫރު ކެވިން ޑިބްރޭނާ އާއި އެޑިން ހާޒާޑާއި ލުކާކޫ ހިމެނޭ ބެލްޖިއަމް ހުއްޓުވުމުގައި މޮރޮކޯއިން ވަނީ ޓީމެއްގެ ގޮތުގައި މެޗް ފެށިގެން ނިމެންދެން ވަރަށް އޮގަނައިޒް ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ މެޗުގައި ކްރޭޝިޔާއާ އެއްވަރު ކުރި މޮރޮކޯ މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މިހާރު އޮތީ މިގްރޫޕް (ގްރޫޕް އެފް) ގެ އެއްވަނައިގައެވެ. ދެވަނައިގައި ވަގުތީ ގޮތުން ބެލްޖިއަމް އޮތީ 3 ޕޮއިންޓާއެކުއެވެ. މިރޭ ކެނަޑާ އާއި ކްރޭޝިޔާ ބައްދަލު ކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ބެލްޖިއަމަށް ދެވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

މިރޭ ބެލްޖިއަމް ބަލިވިނަމަވެސް، ގްރޫޕުގެ ފަހު މެޗުގައި ކްރޭޝިޔާ އަތުން މޮޅުވެގެން ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ބެލްޖިއަމަށް އޮންނާނެއެވެ.