ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ މަސްވެރިންގެ އަޑު އައްސަވާ ވެރިއެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރގެ ނާއިބު ސައުދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ފާހަގަ ކުރުމަށް ނިންމެވުމާ ގުޅިގެންނެވެ. ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމެވުމުން އެއީ ހުވަދޫ މަސްވެރިންގެ އިހްސާސްތަކާއި އަޑު ރައީސް އައްސަވާ ކަމުގެ ހެއްކެއް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

ހުވަދުއަތޮޅަކީ މަސްވެރިކަމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އަތޮޅެކެވެ. ރައީސް ސާލިހުގެ ވެރިކަމުގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވައި ދަތިތައް ފިލުވައި ދެއްވާނޭ ކަމަށް ވެސް ސައުދުވިދާޅުވިއެވެ.

ފަރެސްމާތޮޑާއިން މިހާރު ދަނީ މަސްވެރިންގެ ދުވަހަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ކ. ގާފަރުގައެވެ.