އއ. ފެރިދޫ އިން އެމްޑީޕީއާ އިތުރު މެމްބަރުންތަކެއް ގުޅިއްޖެއެވެ. އަލަށް ގުޅުނު މެމްނަރުންގެ ފޯމްތައް މިހާރުވަނީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ހަވާލު ކޮށްފައެވެ. ފެރިދޫ އިިން އެޕާޓީއާ އަލަށް ގުޅުނީ ކިތައް މީހުން ކަމެއް އެނގިފައެއް ނުވެއެވެ.

އެމްޑީޕީން ވެސް ގެންދަނީ އެޕާޓީގެ މެމްބަރޝިޕް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެެވެ. އެޕާޓީގެ އިތުރުން އެމްއެންޕީ ފަދަ އައު ޕާޓީތަކުން ވެސް އަންނަނީ އެ މަސައްކަތް ކުރަމުންނެވެ.

01 ނޮވެންބަރު 2022ގެ ނިޔަލަށް އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދަކީ 59801 އެވެ. އެ ޕާޓީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވަނީ 2005 ވަނަ އަހަރު ޖޫންމަހު 26 ގައެވެ.