ގދ. ފަރެސްމާތޮޑާއިން ގޯތި ދޫކުރުމަށް ނިންމައި އެރަށުކައުންސިލުން އެކަން އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެރަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 40 ގޯތި ކަަށެވެ.

ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖެނުއަރީ 26 އާ ހަމައަށެވެ. ބަންޑާރަ ގޯއްޗަށް އެދޭ އެރަށު ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަގެތެރޭގައި:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • ޢުމުރުން 18 އަހަރު ވެފައިވުން.
  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  • އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން.
  • ނުވަތަ ލިބިފައިވާ މިފަދަ ބައެއް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ދޫކޮށްލުން.ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން ހިމެއެވެ. އިތުރު މައުލޫމާތު އެރަށުގެ ކައުންސިލުން ލިބޭނެއެވެ.