ވަރލްޑް ކަޕް ގްރޫޕް ޖީގައި މިއަދު ކެމަރޫނާއި ސާބިއާ ބައްދަލު ކުރި މެޗް 3-3 އިން އެއްވަރުވެއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ކެމަރޫންއިންނެވެ. މިލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖިއާން ޗާލްްސް ކަސްޓެލެއްޓޯއެވެ. އެކަމަކު މެޗް ފޯރިގަދަ ވެގެންދިޔައީ ފުރަތަަ ހާފް ނިމެން ދަނިކޮށް ކައިރި ކައިރީގައި ސާބިޔާއިން ދެލަނޑު ކާމިޔާބުކޮށް ލީޑް ނެގުމުންނެވެ. މިދެލަނޑު ކާމިޔާބު ކޮށްދިނީ ޕަލްވިކާއި ސާޖީ ސަވިކެވެ.

މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ކެމަރޫނުން މަސައްކަތް ކުރަމުން ގޮސް އެކަން ކާމިޔާބު ކުރީ ދެވަނަ ހާފުގައި ދެމިނެޓް ދެލަނޑު ޖަހައިގެންނެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ވިސެންޓް އަބޫބަކުރާއި ކެޕްޓަން އަދި ފޯވާޑް ޗޮޕޯ މޯޓިންއެވެ.

މިނަތީޖާގެ ސަބަބުން މިދެގައުމަށް ދެވަނަ ބުރުން ޖާގަ ހޯދުމަށް އުނދަގޫތަކެއް ކުރިމަތީވާނެއެވެ. ގްރޫޕް ފުލުގައި 1 ޕޮއިންޓާއި ގެއްލުން ދެލަނޑާއެކުއެވެ. ތިންވަނައިގައި ކެމަރޫން އޮތީ އެއްޕޮއިންޓާއި ގެއްލުން އެއްލަނޑާއެކުއެވެ.

މިގްރޫޕުގައި ދެން ހިމެނެނީ މަޝްހޫރު ބްރެޒިލާއި ސްވިޓްޒަލޭންޑެވެ. މިދެގައުމު މިރޭ ބައްދަލު ކުރާ މެޗުން މޮޅުވާ ގައުމަކަށް ދެވަނަ ބުރުގެ ޖާގަ ޔަގީންވާނެއެވެ.