އެއްހާސް ޑޮލަރުގެ އަގުހުރި ގިފްޓް ޕެކެއް ލިބޭ އަގުހުރި ފުރުސަތެއް މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން ހިންގާ އޮންލައިން ވިޔަފާރި އީޓުކުރީން ހުޅުވައިފިއެވެ.

އީޓުކުރީން މި ފުރުސަތު ހުޅުވާލާފައި މިވަނީ ހިތްގައިމުކަމާއެކު ވަރލްޑްކަޕް ތަޖުރިބާ ކޮށްލެއްވުމަށް ކަމަށް އެތަނުން ބުނެފައިވެއެވެ. މިއީ އީޓުކުރީގެ އެންމެހާ ކަސްޓަމަރުންނަށް ހުޅުވާލައިފައިވާ ފުރުސަތެކެވެ. އީޓުކުރި ލޯކަލް މެދުވެރިކޮށް އެއްޗެއް ގަތުމުން ނުވަތަ އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް އެމެރިކާއިން އެއްޗެއް ގަތުމުން މި ފުރުސަތުގައި ބައިވެރިވެވޭނޭ ކަމަށް ޕޯސްޓު އޮފީހުން ބުނެފައިވެއެވެ.

މީގެއިތުރުން އީޓުކުރި އިންޓަނޭޝަނަލް މެދުވެރިކޮށް އެމެރިކާަިން މުދާ ގަންނަ ފަރާތްތަކަށް 30% ގެ ޝިޕިންގް ފީ ޑިސްކައުންޓް ޕްރޮމޯޝަން އެއްވެސް އަންނަ ޑިސެމްބަރު މަހުގެ 31 ވަންދެން ކުރިއަށް އެބަދެއެވެ. މި ފުރުސަތުގައި ބައިވެރިވެގެން ވަނަހޮވޭ ފަރާތަކަށް ލިބޭ އެއްހާސް ޑޮލަރުގެއަގުހުރި ގިފްޓްޕެކުގައި ހިމެނެނީ އާޖެންޓީނާ، ސްޕޭނު، ޖަރުމަނުވިލާތު އަދި ބެލްޖިއަމް ގެ ޖަރޒީ އާއި އެޑިޑާސް ވަރލްޑްކަޕް އަލް ރިޙްލާގެ ތިން ފުޓުބޯޅައެވެ. މިއީ ފީފާ ވަރލްޑްކަޕް 2022 ގެ ސައްހަ ސާމާނު ކަމަށް އީޓުކުރީ ބުނެފައިވެއެވެ.

މިފުރުސަތު ހުޅުވާލެވިފައިވަނީ ޑިސެމްބަރ 18ގެ ނިޔަލަށެވެ.މި ފުރުސަތު ހުޅުވިފައިވާ މުއްދަތުގެ ތެރޭގައި އީޓުކުރި މެދުވެރިކޮށް އެއްޗެއް ބައްލަވައިގަތުމާއެކު، ޕޯސްޓް އަށް "ލައިކް" ކުރެއްވުމާއެކު "ޝެއާ" ކުރައްވަން ވާނެއެވެ. (ޕްރައިވެޓް އެކައުންޓް ތަކުން ސްކްރީންޝޮޓެއް އީޓުކުރިއަށް "ޑީއެމް" ކުރައްވަންވާނެ.) އެކައްޗަށްވުރެ ގިނަ އެއްޗެހި ބައްލަވައިގެންފިނަމަ، އެއްވަނަ ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ. އީޓުކުރި @etukuri.mv އިންސްޓަގްރާމް ގައި ފޮލޯކުރެއްވޭނެއެވެ.