އީރާނުގެ އަޚްލާޤު ބަލަހައްޓާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި މަހްސާ އަމީނީގެ މަރާ ގުޅިގެން ހިންގފައިވާ މުޒާހަރާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އީރާނުން ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފި އެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބްރިގޭޑިއާ ޖެނެރަލް އަމީރު އަލީ ހާޖީޒާދޭ، މެހްރު ނިއުސް އެޖެންސީއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އެބްމެ ފަހުގެ އަދަދުތަކެއް ނެތް ކަމަށެވެ. ނަމަވެސް 300 އެއް ހައި މީހުން މަރުވެފައި ވާނެ ކަމަށ ްލަފާ ކުރެވޭ ކަމަށެވެ. އޭގެ އިތުރުން ފުލުހުންނާއި ސިފައިންގެ ތެރޭން ދިހަ ވަރަކަށް މީހުންވެސް މަރުވެފައި ވެއެވެ.އޮސްލޯގައި ހުންނަ އަމިއްލަ ޖަމާއަތެއް ކަމަށްވާ އީރާން ހިއުމަން ރައިޓްސް އިން ޝާއިއުކުރި ރިޕޯޓެއެްގައި ބުނެފައި ވަނީ މަދުވެގެން 416 މީހުން މަރުވެފައި ވާނެ ކަމަށެވެ.

އީރާނުގައި ފެތުރުނު މުޒާހަރާތަކާ ގުޅިުގެން އެތައް ހާސް އީރާނު މީހުންނަކަށާއި ގާތްގަނޑަކަށް 40 އެއްހާ ބިދޭސީން ހައްޔަރުކޮށް ފައި ވެއެވެ. އަދި 2،000 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ޝަރުއީ އިދާރާތަކުން ބުނެ އެވެ.

އޭގެ ތެރެއިން ހަ މީހަކަށް މަރުގެ ހުކުމް ވެސް އިއްވާފައިވެއެވެ. އެކަމަކު އެމީހުންގެ އިސްތިއުނާފު މައްސަލަތައް ސުޕްރީމް ކޯޓުން ބަލަން ވަނީ ހަމަޖެހިފައެވެ.

ޝާހުގެ ރަސްކަން ވައްޓާލި 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ފަހުންް އީރާނުގައި ހުރިހާ އަންހެނުން ވެސް އިސްތަށިގަނޑު ފޮރުވައި ހިޖާބު އަޅަން މަޖުބޫރުކޮށްފައި ވެއެވެ.