އަންހެނަކާއި އޭނާގެ ތިން އަންހެން ދަރިން ޕާކިސްތާންގެ ކަރާޗީގައި އަމާލައިފިއެވެ. ފުލުުން ބުނިގޮތުގައި އެކަން ކޮށްފައިވާ ކަމަށ ްތުހުމަތު ކުރެވެނީ މަރުހޫމާގެ ފިރިމީހާގެ މައްޗަށެވެ. އުމުރުން 42 އަހަރުގެ ފިރިމީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަމަށްވެސް ފުލުހުން ބުނެއެވެ.

ފިރމީހާ ވަނީ ކުރިޓިކަލް ހާލަތެއްގައި ވަގުތުން ޖިނާހު ޕޯސްޓްގްރެޖުއޭޓް މެޑިކަލް ސެންޓަރަށް ގެންގޮސްފައެވެ. އަދި އޭނާގެ ހާލަތު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ. މިހާދިސާ ފުލުހަށް ރިޕޯޓްކޮށްފައި ވަނީ ފިރިމީހާގެ މަންމައާއި ކޮއްކޮއެވެ. އަދި ދެމަފިރިންގެ ދެމެދު އާއިލީ މައްސަލަތަކެއް ހިނގާ ކަމަށްވެސް އާއިލާއިން ފުލުހަށ ްމައުލޫމާތު ދީފައި ވެއެވެ.