އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުގެ އިސް މަސްއޫލުވެރިއަކު އެއަރޕޯޓެއްގައި ވައްކަން ކޮށްފިއެވެ. މިނެސޯޓާ އެއަރޕޯޓްގައި މީހެއްގެ ފޮށްޓެއް ވަގަށް ނަގައިގެން ވައްކަމުގެ ދައުވާ ކޮށްފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީގެ އޮފީސް އޮފް ނިއުކްލިއާ އެނާޖީގެ އޮފީސް އޮފް ސްޕެންޓް ފިއުލް އެންޑް ވޭސްޓް ޑިސްޕޮޒިޝަންގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ސޭމް ބްރިންޓަންގެ މައްޗަށެވެ.އޭނާއަށް ތުހުމަތުކޮށްފައި ވަނީ މިނިއަޕޮލިސް އެއަޕޯޓްގައި އެހެން މީހެއްގެ ފޮށްޓެއް ވަގަށް ނެގި ކަމަށެވެ. އެކަމެއް ހިނގާފައި ވަނީ ސެޕްޓެމްބަރު މަހު 16 ގައެވެ.

އޭނާ ވަގަށް ނަގާފައިވާ މީހާގެ ފޮށީގެ އަގެއް ކަމަށް 2335 ޑޮލަރެވެ. އަދި އެ ފޮށީ ހިފައިގެން އޭނާ ވަނީ އަމިއްލަ އެހެން ދަތުރެއްވެސ ކޮށްފައެވެ. އެއަރޕޯޓް މަސްއޫލުވެރިން އޭނާ މީހެއްގެ ފޮށްޓެއް ވަގަށް ނެގީކީއްވެތޯ ސުއާލުކުރުމުން އެކަން ދޮގު ކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ މައްސަލަ ހިނގަމުން ދަނީ މިނެސޯޓާގެ ފެޑަރަލް ކޯޓެއްގައެވެ.