"އެކުލަ މިކުލަ ޕްރޮމޯޝަން" ގެ ނަމުގައި އެސްޓީއޯއިން ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. ޕްރޮމޯޝަން ފަށައިފައިވަަނީ މާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ގައެވެ.

މިއަދު ފެށި ޕްރޯމޯޝަން ޑިސެމްބަރު 29 އާ ހަމައަށް ކުރިއަށްދާނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ އިތުރުން އެސްޓީއޯ ހުޅުމާލެ ފިހާރަ، އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގައެވެ.

ނިޕޯންގެ ކޮންމެ އުފެއްދުމަކުން % 8 އާއި %10 އާ ދެމެދުގެ ޑިސްކައުންޓެއް މި ޕްރޮމޯޝަނުގައި ލިބޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އެެސްޓީއޯއަކީ ތަފާތު އެކިބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެެރެކޮށް ރައްޔިތުންނަށް ހެޔޮ އަގުގައި ވިއްކަމުންދާ މަޝްހޫރު ކުންފުންޏެވެ. މިފަދަ ޕްރޮމޯޝަންތައް ވެސް އެކުންފުނީން ބާއްވަނީ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ފޯރުކޮށްދެއްވުމުގެ ބޭނުމުގައެވެ.

މި ޕްރޮމޯޝަން ފަށްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ މާކެޓިން އެންޑް ކޮމިޔުނިކޭޝަން މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ.