ޒީރޯ ކޮވިޑް ޕޮލިސީއާ ދެކޮޅަށް ޗައިނާގައި ކުރަމުންދާ މުޒާހަރާތަކުން ދުނިޔޭގެ ސަމާލުކަން ހޯދުމަށް ފަހު، މަގުތަކުގައި ހަރުކަށިކޮށް ސަލާމަތީ ފަރާތްތަކުން ޕެޓްރޯލް ކުރަން ފަށައިފިއެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންގެ ފޯނު ފާސްކުރުމާއި މުޒާހަރާތައް ހުއްޓާލުމަށް ގޮވާލަމުން ސަލާމަތީ ބާރުތަކުން ވަނީ ފޯރިމަރަން ފަށާފައެވެ.

މި ހަފްތާގެ މެދުތެރޭގައި ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން މުޒާހަރާ ކުރިއެވެ. ޒުވާނުން މަގުތަކަށް ނިކުމެ، މަގުތައް ފުރިގެން ދިޔައިރު، ބައެއް ތަންތަނުގައި ފުލުހުން ވަނީ ކޮމިއުނިސްޓް ޕާޓީގެ ހަރުކަށި ޒީރޯ ކޯވިޑް ސިޔާސަތާ ދެކޮޅު މީހުން ބިރުގަންނަވާލަން ޓެކްނޮލޮޖީގެ އެހީގައި ސަވައިލެންސް އުކުޅުތައް ބޭނުންކޮށްފައެވެ.

މަގުތަކަށް ގިނަ އަދަދަކަށް ޗައިނާގައި ފުލުހުން ނިކުތުމުން މުޒާހަރާތައް މަޑުޖެހިފައިވީ ނަމަވެސް ޝަންހާއީގައި ވަރުގަދަ މުޒާހަރާތަކެއް ހިނގައެވެ.