2023-24 ވަނަ އަހަރަށް ސައިންސް އެންޑް ޓެކްނޮލޮޖީ އޮސްޓްރޭލިއާ (އެސްޓީއޭ) އިން ސައިންސާއި ޓެކްނޮލޮޖީއާއި މެތެމެޓިކްސް (ސްޓެމް)ގެ ސުޕަސްޓާރުންގެ ގޮތުގައި އިންޑިއާ ދަރިކޮޅުގެ އަންހެނުންނާއި އަދި ސްރީލަންކާ ދަރިކޮޅުގެ އަންހެނަކާއެކު ޖުމުލަ ހަ އަންހެނަކު ވަނީ ހޮވާފައެވެ.
އެސްޓީއޭ އަކީ އޮސްޓްރޭލިއާގެ ސައިންސް އެންޑް ޓެކްނޮލޮޖީގެ އެންމެ މަތީފެންވަރުގެ އިދާރާއެވެ. އެސްޓީއޭ އަކީ 105،000 އަށް ވުރެ ގިނަ ސައިންސްވެރިންނާއި ޓެކްނޮލޮޖިސްޓުން ތަމްސީލުކުރާ މުއައްސަސާއެކެވެ.
ގުޅުން ހުރި މައުޟޫއު:
މީހުން ބިނާ ކުރުމަށް STEM އެޑިއުކޭޝަނަށް ސަމާލުކަން ނުދޭންވީ ކީއްވެ؟
ކޮންމެ އަހަރަކުވެސް އެސްޓީއޭ އިން އެހީތެރިވެދެނީ ސްޓެމްގެ ދާއިރާގައި މަސައްކަތް ކުރާ އޮސްޓްރޭލިއާގެ ތަޖުރިބާކާރުން އާންމު ރޯލް މޮޑެލްތަކެއްގެ ގޮތުގައި ދައްކާލުމަށެވެ.
މިއަހަރު ޑރ ޑޯނާ ޖަޔަކޯޑީ، ނީލީމާ ކަޑިޔާލާ، ޑރ އަނޫރިކާ ޑި ސިލްވާ، ޑރ އަނާ ބާބޫރަމާނީ، ޑރ އިންދްރާނީ މުކަރްޖީ، އަދި ޑރ ސަތާނާ ދުޝްޔަންތެން ވަނީ ސްޓެމްގެ ސުޕަސްޓާރުންގެ ގޮތުގައި ފާހަގަކޮށްފައެވެ.
ޑޯނާ ޖަޔަކޯޑީ
އިއަރ ސައިންސް އިންސްޓިޓިއުޓް އޮސްޓްރޭލިއާގެ ހިއަރިން ކްލިނިޝަން ސައިންޓިސްޓެއް ކަމަށްވާ ޑރ ޑޯނާ ޖަޔަކޯޑީ ވަނީ ޑިމެންޝިއާގެ އެއް ނަންބަރު ހިރާސްކަމަށްވާ އަޑުއިވުމުން މަހުރޫމުގެ މައްސަލަތަކަށް ފަރުވާދީގެން ޑިމެންޝިއާ ލަސްކުރުން އޭނާގެ މިޝަނަކަށް ހަދާފައެވެ. ޑރ ޖަޔަކޯޑީ އަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ދިރާސާވެރިއެކެވެ.
ބޮޑެތި ކްލިނިކަލް ޓްރައިލްތަކުގައި އިސްކޮށް އުޅުއްވާ އަދި ގިނަ އަދަދެއްގެ ދިރާސާތައް އުފައްދާ ކަނބަލެކެވެ. ރޭޑިއޯ އިންޓަވިއުތަކާއި، ޕަބްލިކް ހެލްތު ސެމިނާތަކާއި، ޔޫޓިއުބް ވީޑިއޯތަކާއި، ޕޮޑްކާސްޓްތަކާއި، ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކުގެ ތެރެއިން މުޖުތަމައުގައި އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންގެ ސިއްހަތަށް އޭނާ ވަކާލާތު ކުރައްވައެވެ.
ނީލިމާ ކަޑިޔާލާ
ޗެލެންޖާ ލިމިޓެޑްގެ އައިޓީ ޕްރޮގްރާމް މެނޭޖަރު ނީލިމާ ކަޑިޔާލާ އަކީ 15 އަހަރު ވަންދެން ފައިނޭންޝަލް ސާވިސަސްއާއި ސަރުކާރު އިދާރާތަކާއި ޓެލެކޮމިއނިކޭޝަން ފަދަ އެތައް ސިނާއަތެއްގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
ނީލީމާ އޮސްޓްރޭލިއާއަށް ބަދަލުވީ 2003 ވަނަ އަހަރު އިންޓަނޭޝަނަލް ސްޓޫޑެންޓެއްގެ ގޮތުގައި އިންފޮމޭޝަން ސިސްޓަމްސް އިން މާސްޓާ އޮފް ބިޒްނަސް ހާސިލް ކުރުމަށެވެ.
މީގެ ކުރިން އޭނާ ވަނީ އަންހެނުން ބާރުވެރިކޮށް، ޖެންޑަރ އިކުއަލިޓީ ކުރިއެރުވުމަށް މަސައްކަތްކުރާ ނޮޓް ޓު ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ ޖީއީކިއު އޮސްޓްރޭލިއާގެ އެމްބެސެޑަރުގެ މަގާމަށް ހޮވިފައެވެ.
އަނޫރިކާ ޑި ސިލްވާ
ޑރ އަނޫރިކާ ޑި ސިލްވާ އަކީ ޔުނިވާސިޓީ އޮފް މެލްބަންގެ މެތަޑްސް އެންޑް އިމްޕްލިމެންޓޭޝަން ސަޕޯޓް ފޯ ކްލިނިކަލް އެންޑް ހެލްތު ރިސާޗް ހަބް (އެމްއައިއެސްސީއެޗް) ގެ ބަޔޯސްޓެޓިސްޓިކްސް ރިސާޗް ފެލޯއެކެވެ.
ސްރީލަންކާއަށް ނިސްބަތްވާ ޑރ ޑި ސިލްވާ ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯ އިން އިންޑަސްޓްރިއަލް ސްޓެޓިސްޓިކްސްގެ ދާއިރާއިން އޮނަރސް ޑިގްރީ ފުރިހަމަ ކުރައްވާފައެވެ. ވިކްޓޯރިއަން އިންޓަނޭޝަނަލް ރިސާޗް ސްކޮލަޝިޕެއް ލިބިގެން 2019 ވަނަ އަހަރު ޔުނިވާސިޓީ އޮފް މެލްބަން އިން ބަޔޯސްޓެޓިސްޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަ ކުރެއްވިއެވެ. އޭނާގެ ތީސިސް ބިނާ ކޮށްފައި ވަނީ ގެއްލިފައިވާ ތަފާސްހިސާބު އެއްކުރުމުގައި ގެއްލިފައިވާ ޑޭޓާ ހޯދާނެ ގޮތުގެ އުސޫލާ ބެހޭ ގޮތުންނެވެ.
އަނާ ބާބުރާމަނީ
ޑިޕާޓްމަންޓް އޮފް ޑިފެންސް – ސައިންސް އެންޑް ޓެކްނޮލޮޖީ ގްރޫޕްގެ ސައިންޓިފިކް އެޑްވައިޒަރު ޑރ އަނާ ބާބުރާމާނީ އަކީ ސިކުނޑި ތަރައްގީވެ މަސައްކަތްކުރާ ގޮތް ހޯދުމަށް ޝައުގުވެރިވާ ސއިންޓިސްޓެކެވެ. ބަޔޯމެޑިކަލް ރިސާޗަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަނީ ސިކުނޑި ތަރައްގީވުމުގެ ކޮމްޕްލެކްސް ޕްރޮސެސް އާއި ސިކުނޑިއަށް އަނިޔާވުމަށް މެދުވެރިވާ މެކޭނިޒަމްތައް އެއް ކުރުމުގައެވެ.
އޭނާ ވަނީ މޮނާޝް ޔުނިވާސިޓީން ޕީއެޗްޑީ ފުރިހަމަ ކުރައްވާފައެވެ. އަދި އޭނާ ވަނީ ޔޫރަޕްގައި ޕޯސްޓް ޑޮކްޓަރ ރިސާޗަރެއްގެ ގޮތުގައި 10 އަހަރު ހޭދަކުރައްވާފައެވެ. މިހާރު އަލުން އޭނާ މަސައްކަތް ކުރައްވަނީ ބްރެއިންސްޓެމް އާއެކުގައެވެ.
އިންދްރާނީ މުކަރްޖީ
ޔުނިވާސިޓީ އޮފް ޓެސްމޭނިއާގެ ޑީޕް ޓައިމް ޖިއޮލޮޖިސްޓް ޑރ އިންދްރާނީ މުކަރްޖީ ފޯކަސް ކުރައްވަނީ ދިރޭ ތަކެތީގެ ބައެލޮޖިކަލް ޓްރާންސްފޮމޭޝަންއާ ބެހޭ ގޮތުންނެވެ. ޑރ އިންދްރާނީ މުކަރްޖީ އޮސްޓްރޭލިއާއަށް ބަދަލުވީ 2014 ވަނަ އަހަރު ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ޕީއެޗްޑީ ހާސިލް ކުރެއްވުމަށެވެ.
ޑރ ސަތާނާ ދުޝްޔަންތެން
ޔުނިވާސިޓީ އޮފް މެލްބަންގެ މެޑިކަލް އެޑިއުކޭޓަރު ޑރ ސަތާނާ ދުޝްޔަންތެން އަކީ ޑިޖިޓަލް ހެލްތުގައިއާއި އޮންލައިން ތައުލީމުގައި އާ އަދި ޝައުގުވެރި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ޚާއްސަ ބޭފުޅެކެވެ. އޭނާއަކީ މާސްޓާ އޮފް ކެންސަރ ސައިންސަސް ރިސާޗް ކެޕްސްޓޯން ގައި ކިޔަވައިދެއްޥާ ސައިންޓިސްޓެކެވެ.
ޑރ ދުޝްޔަންތެން ވަނީ ޔުނިވާސިޓީ އޮފް މެލްބަން އާއި ޕީޓާ މެކްލަމް ކެންސަރ ސެންޓަރު މެދުވެރިކޮށް ޕީއެޗްޑީ އާއި މާސްޓާސް ފުރިހަމަ ކުރައްވާފައެވެ. އަދި ސައިންސް ކޮމިއުނިކޭޓަރެއްގެ އިތުރުން ފޭމްލެބް ސައިންސް ކޮމިއުނިކޭޝަން މުބާރާތުގައި ނޭޝަނަލް ފައިނަލިސްޓެއްގެ ގޮތުގައި ބައިވެރިވެ ޕީއެޗްޑީ އާއި ސްކޫލް ދަރިވަރުންނަށް ސްޓެމް އެޑިއުކޭޝަނަށް ހިތްވަރު ދެއްވާފައެވެ.
އޭނާގެ އެންމެ ފަހުގެ ތައުލީމީ މަސައްކަތުގެ ތެރޭގައި ސައިންސްވެރިންނަށް އެމީޙުންގެ ސައިންސްގެ މައުލޫމާތު ފަސޭހަކަމާއެކު މީހުންނަށް ކިޔައިދޭނެ ގޮތް ކިޔައި ދިނުން ހިމެނެއެވެ.
އޭނާގެ ޔޫޓިއުބް ޗެނަލަކާއި ‘ސައިންސް އިން މޯޝަން’ ނަމުގައި ހިންގާ ވިޔަފާރިއެއް ހިމެނެއެވެ.
ސުޕަސްޓާސް އޮފް ސްޓެމް ޕްރޮގްރާމަކީ 2017 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މިހާރު ސްޓެމްގެ 150 ސުޕަސްޓާރުން އެބަތިއްބެވެ.