ވަރލްޑް ކަޕް ގްރޫޕް "އެފް" ގައި ރޭ ކްރޭޝިޔާ އަތުން މޮޅުނުވެވި، ގްރޫޕް ސްޓޭޖުން މުބާރާތަށް އަލްވަދާޢު ކިޔަން ޖެހުމުން ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓިނޭޒް އިސްތިއުފާ ދީފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ބެލްޖިއަމަށް އިރުޝާދު ދެމުން އަންނަ މާޓިނޭޒް ބުނީ މިފަހަރުގެ ވަރލްޑް ކަޕަށްފަހު އިތުރަށް ބެލްޖިއަމްގެ ކޯޗް ކަމުގައި ދެމި ނުހުންނަށް މާކުރިން ނިންމާފައިވާ ކަމަށެވެ.

މާޓިނޭޒްގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީފައިނަލުން ބެލްޖިއަމް ޖާގަ ހޯދިއެވެ. އެކަމަކު ސެމީފައިނަލުގައި ފްރާންސް އަތުން 1-0 އިން ބަލިވީއެވެ.

މަޝްހޫރު ކެވިން ޑިބްރޭނާ އާއި އެޑެން ހަޒާޑާއި ލުކާކޫ އާއި ކަރަސްކޯފަދަ ތަރިންތިބި ބެލްޖިއަމް ގްރޫޕް ސްޓޭޖުން ކެޓީ، ކްރޭޝިޔާއާ ވާދަކުރި މެޗުން މޮޅެއް ނުލިބުމުންނެވެ.. މިމެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ކެނަޑާ އަތުން ހަނިގޮތަކަށް 1-0 އިން ބެލްޖިއަމް މޮޅުވިއެވެ. އެކަމަކު ދެވަނަ މެޗުގައި މޮރޮކޯ އަތުން 2-0 އިން ބަލިވީއެވެ. ބެލްޖިއަމަށް 4 ޕޮއިންޓާއެކު ލިބުނީ ގްރޫޕުގެ ތިންވަނައެވެ. މިގްރޫޕުގެ އެއްވަނަ ހޯދީ ރޭ ކެނަޑާގެ މައްޗަށް 2-1 އިން ކުރި ހޯދައި މޮރޮކޯއެވެ. ދެވަނައަށް ދިޔައީ ކްރޭޝިޔާއެވެ.

ވަރލްޑް ކަޕަށް ބެލްޖިއަމުން ކުރިމަތިލީ ފީފާ ރޭންކިންގެ 2 ވަނައިގައި އޮވެގެންކަން ފާހަގަ ކޮށްލެވެއެވެ.