މީރު ކުރުމަށް ތަފާތު ރަހަ ޖައްސައިގެން ތައްޔާރު ކޮށްފައިވާ ހުރިހާ ސިނގިރޭޓެއް މަނާކުރުމަށާއި ދުންފަތުގެ އުފެއްދުން އުފައްދާ ކުންފުނިތަކަށް އެމީހުންގެ އުފެއްދުންތައް "ހުތުރު" އަދި ސިފައެއްގައި މަގުބޫލު ނޫން ގޮތަކަށް ދެއްކުމަށް އޮސްތްރޭލިއާ ސަރުކާރުން އެކުންފުނިތަކަށް ލަފާދީފިއެވެ. މީގެ ދިހަ އަހަރު ވަރަކަށް ކުރިންވއެސް އޮސްޓްރޭލިއާއިން ވަނީ ރީތި ގްރެފިކްސް ސިގަރެޓް ފޮށީގެ ބޭރުގައި ބޭނުން ނުކުރުމަށް ދުންފަތް އުފައްދާ ކުންފުނިތަކަށް އަންގާފައެވެ.

އޮސްޓްރޭލިއާގެ ހެލްތު މިނިސްޓްރީން މިހާރު ސަމާލުކަން ދެނީ ވަކި ވަކި ސިނގިރޭޓު ތަކަށެވެ. އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު މާކް ބަޓްލަރ ވިދާޅުވީ އޭނާގެ ގައުމުން ބޭނުންވަނީ އާދައިގެ ފޮށި ތަކާއި ސިގިރެޓް ފޮށިތަކަށް ވުރެން ދުރަށް ފިޔަވަޅު އަޅާށެވެ.

އޭނާ ވިދާޅުވީ އެއިން ހެޔޮ އަދި ކާމިޔާބު ބަދަލެއް އަންނާނެ ކަމަށެވެ. އެހެންވެ، ދެން އޮތް އަމާޒަކީ ޕެކެޓްގެ ތެރޭގައި ހުންނަ ސިނގިރޭޓްތަކަށް އަމާޒުކޮށްގެން މަސައްކަތް ކުރުން ކަމަށެވެ.

އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައ އޮސްޓްރޭލިއާ ސަރުކާރުން ބޭނުން ވަނީ ސިނގިރޭޓުގައި ތަފާތު ކުލަތައް ބޭނުން ކުރާށެވެ. އަދި ސިނގިރޭޓުގެ ޝައުގުވެރިކަން ކުޑަކުރުމުގެ މަސައްކަތުގައި ސީދާ ސިނގިރޭޓުގައި ސިއްހީ އިންޒާރުތައް ޗާޕްކުރުމަށް ބޭނުން ވެއެވެ. އަދި ސިނގިރޭޓުގެ ބައްޓަމާއި ސައިޒު ވެސް އެއް ގޮތް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ.

ސިނގިރޭޓްގައި ރަހަ ޖައްސަން އަޅާ އިތުރު މާއްދާތަކާއި އެޑިޓިވްސް މަނާކުރާނެއެވެ. އެކަމުގެ ސަބަބުން މެންތޯލް ސިނގިރޭޓު އެއްކޮށް ވިއްކުން މަނާވާނެއެވެ.