އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރުން ވަނީ އެމީހުންގެ ލީޑަރަކަށް އެފްރިކާ ނަސްލުގެ ފުރަތަމަ ކޮންގްރެސްމަން އިންތިޚާބުކޮށްފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ އައު ލީޑަރަކީ ހަކީމް ޖެފްރީސް އެވެ. އޭނާ އަކީ ހަރވަރޑް ޕްރޮފެސަރ ހަސަން ޖެފްރީސްގެ ބޭބެއެވެ.

ހަކީމްގެ ކުރިން އެމަގާމުގައި ހުންނެވީ ނޭންސީ ޕެލޯސީ އެވެ. މިއީ އެމަގާމަށް ކަޅު ނަސްލުގެ ބޭފުޅަކު އިންތިޚާބުވާ ފުރަތަމަ ފަހަރެވެ. ހަކީމް ޖެފްރީސް ވެގެންދާނީ އެ މަގާމަށް އިންތިޚާބުވާ އެންމެ ޒުވާން ލީޑަރަށެވެ.