ޕާކިސްތާނުގެ ތާލިބާނުން ޕާކިސްތާނުގެ ސިފައިނާއި ފުލުހުންނަށް ރައސްދު ހަމަލާދޭން ނިންމާފައިވާކަން އިއުލާންކޮށްށްފިއެވެ. ޕާކިސްތާން ތާލިބާނުން ބުނެފައި ވަނީ ކޮންމެ ހަމަލާއަކަށް ބަދަލު ހިފާނެ ކަމަށެވެ.

ތާލިބާނޭ ޕާކިސްތާނުން ބުނެފައި ވަނީ ޕާކިސްތާންގެ ސަލާމަތީ ބާރުތަކުން މެދުނުކެނޑި ހިންގާ އޮޕަރޭޝަންތަކާއި ޕާކިސްތާނުގެ ޖާސޫސީ އިދާރާތަކުގެ ރޭވުންތަކެއް ކަމަށް ސިފަކުރާ ކަންކަމުގައި ދެން ހިމޭން ނުތިބޭނެ ކަމަށެވެ.

ނޮވެމްބަރު 26 ގައި ސިފައިން ލާކީ މަރްވާތު ސަރަހައްދުގައި ފެށި އޮޕަރޭޝަނަކީ ޕާކިސްތާނުގެ ތާލިބާނުންގެ ބާރުކަޑުވާލުމަށް ފެށި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޕާކިސްތާނުގެ ތާލިބާނުން އެ ސަރަހައްދުގައި ދިން ސިލްސިލާ ހަމަލާތަކާ ގުޅިގެންނެވެ. ޕާކިސްތާނުގެ ތާލިބާނުންގެ ބައެއް ލީޑަރުން އަފްޣާނިސްތާނުގައި އަވަހާރަކޮށްލުމުގައި ޕާކިސްތާނު ސަރުކާރުގެ އިދާރާތަކުން ބައިވެރިވެފައިވާ ކަމަށް ވެސް ޕާކިސްތާނުގެ ތާލިބާނުން ގަބޫލުކުރެ އެވެ.

ތާލިބާނުން ބަޔާން ނެރުނުތާ 24 ގަޑިއިރު ވެސް ނުވަނީސް ޕާކިސްތާނުގެ ތާލިބާނުން ވަނީ ހެނދުނުގެ ވަގުތެއްގައި ބަލޫޗިސްތާނުގެ ފުލުހުންގެ ޓްރަކަކަށް ހަމަލާދިނުމުގެ ޒިންމާ އުފުލާފަ އެވެ. އެހަމަލާގައި ފުލުހުންގެ 20 މީހަކަށް އަނިޔާވެފައިވެ އެވެ.

ޕާކިސްތާންގައި ތާލިބާޏުން ޕޯލިއޯ ވެންސިން ދޭ މީހުންނާ ދެކޮޅަށް ހަމަލާތައް ދޭތީ ފުލުހުންގެ ޔުނިޓްތަކުން އެމީހުންގެ ދިފާއުގައި މަސައްކަތް ކުރެއެވެ. ތާލިބާނުން ބުނެފައި ވަނީ ފުލުހުންނަށްވެސް ހަމަލަ ދޭނެ ކަމަށެވެ.