ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފުލެޓު ސަރަހައްދުން މާދަމާ ކަރަންޓު ކެންޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ކުންފުނީން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަސަައްކަތެއް މާދަމާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން 12:00 އަށް ކަމަށް ބުނެފައިވެއެވެ.

"ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަސަައްކަތެއް ކުރުމަށް 03/12/2022 ވާ ހޮނިހިރު ދުވަހު (މާދަމާ)ގެ ހެނދުނު 8:00 އިން 12:00 އަށް ސްޓެލްކޯގެ ފްލެޓް ހުންނަ ސަރަަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯއިން ކުރައްވާފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.