ކާބުލްގައި ޕާކިސްތާންގެ އެމްބަސީއަށް ދިން ހަމަލާއާއި ޕާކިސްތާންގެ އެމްބަސީގެ އިސްފަރާތް މަރާލުމަށް ކުރި މަސައްކަތާ ގުޅިގެން ޕާކިސްތާން އެމްބަސީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އިސްލާމްއާބާދުން ތާލިބާނަށް އަންގައިފިއެވެ.

ޕާކިސްތާނުން ތަހުރީކޭ ތާލިބާނޭ ޕާކިސްތާނާ ދެކޮޅަށް ދޭ ހަމަލާ ވަރުގަދަ ކުރުމާ ގުޅިގެން ޕާކިސްތާނަށް ތާލިބާނުން ވަނީ ނުރައްކާ ކޮށްފައެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ ތާލިބާނަށް ބޭނުންވާ އެހީތެރިކަން ދޭން ޕާކިސްތާނުން ތައްޔާރަށް އޮތް ކަމަށެވެ.

ޕާކިސްތާންގެ މަސްއޫލުވެރިއަށް އެ ހަމަލާއިން ނުރައްކަލެއް ނުފޯރައެވެ. ނަމަވެސް އެމްބަސީގެ ގާޑަކު ވަނީ ވަރަށް ބޮޑަށް ޒަކަމްވެފައެވެ.

އަދި އެހެން ހާދިސާއެއްގައި ކާބުލްގައި ގަލްބުއްދީން ޙިކުމަތުޔާރުގެ ޕާޓީގެ އޮފީހަށްވެސް ބޮމުން ހަމަލަ ދޭންވެސް ތިން މީހަކު މަސައްކަތް ކުރިއެވެ. އެއިން ދެ މީހަކު ވަނީ މަރާލާފައެވެ. އެ ހާދިސާގައި ހިކުމަތުޔާރަށް ނުރައްކަލެއް ކުރިމައްޗެއް ނުވެއެވެ.