އދ. އަތޮޅުގެ 4 ރަށެއްގެ ތަރައްގީއަށް ސްޓެލްކޯއިން ކުރެެވިދާނޭ ކަންކަމާބެހޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް އެރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާ ކުރައްވައިފިއެވެ.

އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ އދ. ފެންފުށްޓާއި، ދިގުރަށާއި، ދިއްދޫގެ އިތުރުން ދަނގެއްޗަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެމްޑީ އަހުމަދު ޝަރީފާއި އެކުންފުނީގެ ބޯޑު ބައެއް ޑިރެކްޓަރުންގެ އިތުރުން ބައެއް އިސްވެރިން ވަނީ ބައްދަލުކުރައްވައިފައެއެވެ.

ސްޓެލްކޯގެ ޓީމެއް އެ އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ 4 ރަށުގެ އިތުރުން އެހެން ބައެއް ރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާވަނީ ބައްދަލު ކޮށްފައެވެ. އެ ބައްދަލުވުންތަކުގައިވެސް ވަނީ އެރަށްރަށަށް ސްޓެލްކޯއިން ކޮށްދެވިދާނޭ ކަންކަން އޮޅުންފިލުވައިފައެވެ.