އެއްއަހަރުގެ މެދުކެނޑުމަކަށްފަހު ވަރލްޑް ކަޕުގައި ވާދަކުރި ފުރަތަމަ ފަހަރު އެމެރިކާ 1-3 އިން ބަލިކޮށް ނެދަލޭންޑްސް ކުއާޓާފައިނަލުން މިރޭ ޖާގަ ހޯދައިފިއެވެ.

ނެދަލޭންޑްސްއިން ލީޑް ނެގީ މެޗުގެ 10 ވަނަ މިނެޓުގައި ފޯވާޑް އެމްފިސް ޑިޕޭގެ ލަނޑަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނެދަލޭންޑްސް ލީޑް އިތުރަށް ފުޅާކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑިފެންޑަރު ޑަލޭ ބްލައިންޑެވެ.

ދެވަނަ ހާފް ފަށައިގެން ލަނޑެއް ޖެހުމަށް އެމެރިކާއިން ކުރި މަސައްކަތް ކާމިޔާބުވީ 76 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ހާޖީ ވްރައިޓެވެ. މިލަނޑަށްފަހު އެމެރިކާއިން ނެދަލޭންޑްސް ހާސްކޮށްލާނެކަމަށް ބެލެވުނެވެ. އެކަމަކު 81 ވަނަ މިނެޓުގައި ޑެންޒެލް އެމްފްރައިސްގެ ލަނޑުން ނެދަލޭންޑްސް ލީޑް ފުޅާކޮށް ކުއާޓާފައިނަލުގެ އިތުބާރު ބޮޑު ކުރިއެވެ.

ނެދަލޭންޑްސް އާއި އެމެރިކާ ބައްދަލު ކުރި މެޗުގެ އުސްއަލިތައް:

https://www.fifa.com/fifaplus/en/watch/2hhXVDOCcDMU4pyVNY7vGv?cid=(p_go-box)(c_FIFAPlus)(sc_highlights)(ssc_)(da_)(co_)(cc_)&s_cid=(co_)(cc_)&c=(c_FIFAPlus)(sc_highlights)(ssc_)(cc_)&pid=(p_go-box)(ch_)(t_)

މިއީ ނެދަލޭންޑްސްއިން އެންމެފަހުން ދެވަނަ ބުރުގައި ކުޅުނު 6 މެޗުގެ ތެރެއިން ކުއާޓާއިން ޖާގަ ހޯދި 5 ވަނަ ފަހަރެވެ. މީގެ ތެރެއިން 2010 ވަަނަ އަހަރު ފައިނަލުގައި ކުޅެ ބަލިވީ ސްޕެއިން އަތުންނެވެ. އަދި 2014 ވަަނަ އަހަރު ބްރެޒިލް ބަލިކޮށް 3 ވަނަ ހޯދިއެވެ.

ވަރލްޑް ކަޕް ދެވަނަ ބުރުގައި މިރޭ އާޖެންޓީނާ އާއި އޮސްޓްރޭލިޔާ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ބައްދަލު ކުރާނެއެވެ.