މިއަދު ހެނދުނު ވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނޭ ކަމަށް މޫސުމާބެހޭ އޮފީހުން ލަފާކޮށްފިއެވެ.

އެ އޮފީހުން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮން ފެށިގެން ވ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކަށް ހުދުސަމާލު ވެސް ނެރެއެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 6:00 އިން 11:00 އަށެވެ. އެވަގުތުގައި ބޯކޮށް ވާރޭވެހޭނެ ކަމަށައި ގުގުރާނޭ ކަމަށް ވެސް މޫސުމާ ބެހޭ އޮފީހުން ވަނީ ލަފާކޮށްފައެވެ. އެކަމަކު ކަނޑުތައް ވަރަށް މަޑުވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.