ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނޭ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ހިސާބުތަކަށް މެޓު އޮފީހުން ހުދު ސަމާލު ނެރެފިިއެވެ. ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
އެ ހިސާބުގަނޑަށް ހުދުސަމާލު ނެރެފައިވަނީ ހެނދުނު 11:00 އިން ހަވީރު 5:99 އާ ހަަމައަށެވެ. އެވަގުތުގައި ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގުގުރާނޭ ކަމަށް ވެސް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ.
މެޓު އޮފީހުން ބުނެފައިވަނީ އެ ސަރަހައްދު ނޫނަސް ރާއްޖެގެ އެހެން ބައެއް ސަރަހައްދު ތަކަށް ވެސް ވިއްސާރަ ކުރާނޭ ކަމަށެވެ. އެހެންނަމަވެސް ކަނޑުގަދާވާނޭ ކަމަށް ހާމަކޮށްފައެއް ނުވެެއެވެ. ހއ. އަތޮން ފެށިގެން ވ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކަށްވެސް މެޓު އޮފީހުން މިއަދު ހުދުސަމާލު ނެރުނެވެ.