އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި މުސްލިމުން ގޮނޑިތަކެއް ކާމިޔާބުކޮށްފިއެވެ. ފަލަސްތީނުގެ ނަސްލުގެ ރަވާ ރައްމާން ވަނީ ޖޯޖިއާ ސްޓޭޓްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ. އަދި ބަންގްލަދޭޝް ދަރިކޮޅުގެ ކަނބަލެއްކަމަށްވާ ނަބީލާ އިސްލާމް ވެސް ވަނީ ޖޯޖިޔާގެ ސެނެޓުގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ.

އަބްދުލް ނާސިރު ރަޝީދު ވަނީ އިލިނޮއި ސްޓޭޓް ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ. އިންޑިއާގެ ދަރިކޮޅުގެ ނަބީލާ ސައީދަށް ވެސް ހަމަ އެ ކައުންސިލްގެ ގޮނޑިއެއް ލިބިވަޑައިގެންނެވި އެވެ.

އެމެިރކާގެ މިޑްޓާމް އިންތިހާބުގައި އެމެރިކާގެ ކޮންގްރެސްގެ ގޮނޑިތައް އަލުން ކާމިޔާބު ކުރެއްވި ކަނބަލުންގެ ތެރޭގައި ސޯމާލިއާ އެމެރިކާގެ އިލްހާން އުމަރާއި ފަލަސްތީނަށް އުފަން ރާޝިދާ ތުލައިބްވެސް ހިމެނިވަޑައިގަންނަވައެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ރާވާ ރައްމާން (ފޮޓޯގައި) ވިދާޅުވީ ޖޯޖިއާގައި ސްޓޭޓް ފެންވަރުގައި ޑިމޮކްރެޓިކް ޕާޓީގެ ނަތީޖާ ކާމިޔާބު ދަށް ކަމަށެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ހައްދުފަނައަޅައި ދިއުމުން އެމީހުންނަށްވެސް ބޮޑު ކާމިޔާބީއެއް ނުދެއްކުނު ކަމަށެވެ.

ޖޯޖިޔާގައި މިފަހަރު ޑިމޮކްރެޓިކް ޕާޓީން ދެއްކި ކާމިޔާބީއަކީ 40 އަހަރުގެތެރޭގައި އެންމެ ކާމިޔާބު ބޮޑު ނަތީޖާއެވެ.

ފަލަސްތީނުގެ ރައްމާން ވިދާޅުވިގޮތުގައި އޭނާގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ ސަޕޯޓަރުންނާއި އޭނާގެ ކޮމިއުނިޓީގެ އެއްބައިވަންތަ ކަމެވެ. އޭނާގެ ކެމްޕޭން ޓީމުގެ މެމްބަރުން ވަނީ 15،000 ގެއަށް ދޮރުން ދޮރަށް ހިނގާފައެވެ. އަދި 9،000 ފޯނު ކޯލްކޮށް، 75،000 ޓެކްސްޓް މެސެޖް ފޮނުވައި ފައެވެ. އަދި އޭނާއަށް މިލިއަނެއްގެ ހަތަރުބައިކުޅަ އެއްބައި ޑޮލަރު މީހންެގެ ޗަންދާގެ ގޮތުގައި ލިބުނެވެ.

ރަމްމާން ވިދާޅުވީ، ސަރުކާރުގައި އިތުރު ޢަރަބިންނާއި މުސްލިމުން ތިބުމަކީ މުސްލިމުންގެ އަޑު އިއްނޭވެ ކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށެވެ.

39 އަހަރުގެ ރަވާ ރަމްމާނަކީ ޖޯޖިއާ ސްޓޭޓްގައި އެންމެ އިސްމަގާމެއް ކާމިޔާބުކުރެއްވި ފުރަތަމަ ފަލަސްތީނުގެ ނަސްލުގެ ކަމަނާއެވެ. އަދި އޭނާއަކީ ސްޓޭޓް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ގޮނޑިއެއް ކާމިޔާބުކުރެއްވި ފުރަތަމަ މުސްލިމް އަންހެނާއެވެ.

ރަވާ ރައްމާނަކީ އުރުދުނަށް އުފަން ފަލަސްތީނުގެ ނަސްލުގެ އާއިލާއަކަށ ނިސްބަތްވާ ބޭފުޅެކެވެ. އޭނާ އެމެރިކާއަށް ހިޖުރަ ކުރެއްވީ އާއިލާއާއެކު އުމުރުން 7 އަހަރުގައެވެ.