ވަރލްޑް ކަޕް ގްރޫޕް ސްޓޭޖުން ކެޓިތާ ދެދުވަސްފަހުން، ހިތްދަތިކަން ފިލުވާލުމަށް އުރުގުއޭގެ އިތުބާރު ފޯވާޑް ލުއިޒް ސްއަރޭޒް މިއަދު މެންދުރުފަހު ރާއްޖެ އަތުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަން އެއަރޕޯޓުގައި ސްއަރޭޒް ހުރި ފޮޓޯތަކެއް "ހަލިނިއުސް"އަށް ވަނީ ލިބިފައެވެ. ސްއަރޭޒް ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެނުންނާއި ދަރިންނާއެކުއެވެ.
މިފަހަރުގެ ވަރލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އުރުގުއޭ ވާދަކުރަން ޖެހުނީ ޕޯޗުގަލް އާއި ދެކުނު ކޮރެއާ އަދި ގާނާއެވެ.
އުރުގުއޭ ގްރޫޕް ސްޓޭޖުން ކެޓީ ދެކުނު ކޮރެޔާއާ ޕޮއިންޓުގެ އެއްވަރުވެ، ޖެހި ލަނޑު މަދުވުމުންނެވެ. ގްރޫޕް ސްޓޭޖުން ކެޓުމުން ސްއަރޭޒް ވަނީ ބެންޗުގައި އިދެގެން ވަރަށް ބޮޑަށް ރޮއެފައެވެ.
ސްއަރޭޒްގެ އިތުރުން ރޭ އާޖެންޓީނާ އަތުން 2-1 އިން ބަލިވެ ކެޓި އޮސްޓްރޭލިޔާ ބައެއް ކުޅުންތެރިންވެސް މިއަދު ވަނީ ރާއްޖެ އައިސްފައެވެ.
މަރުހަބާ