އިންޑިއާގެ ގުޖުރާތުގެ އަހުމަދުއާބާދުގެ އެންމެ މައި މިސްކިތް، ޖާމިއާ މަސްޖިދުގެ އިމާމް ވިދާޅުވަނީ އަންހެނުންނަށް އިންތިޚާބުގައި ވާދަ ކުރުމަށް ޓިކެޓް ދިނުމަކީ ހަރާމް ކަމެއް ކަމަށެވެ. ޖާމިއާ މަސްޖިދުގެ ޝާހީ އިމާމް ޝަބީރު އަހުމަދު ސިއްދީގީ ވިދާޅު ވަނީ އަންހެނުންނަށް ޓިކެޓް ދިނުމުން އިސްލާމް ދީން ބަލިކަށި ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަންހެނުން ކެންޑިޑޭޓުންނަށް ހަދަން އުޅެނީ އެމީހުން މެދުވެރިކޮށް މުޅި އާއިލާ ކޮންޓްރޯލު ކުރަން ބޭނުންވާތީއެވެ.