އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ނުފޫޒު ބޮޑު އެއް ފެއަރ ކަމަށްވާ "ބިގް 5" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވެ.

އެސްޓީއޯއިން މި ފެއަރގައި ބައިވެރިވުމުގެ މަގްސަދަކީ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރުން ކަމަށް އެކުންފުނީން ވަަނީ ބުނެފައެވެ.

އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއަރގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިންގ ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލެވޭނޭ ކަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ.

މި ފެއަރ ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 5 އިން 8 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑުބާއީގައެވެ. މި ފެއަރގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމަކުން އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެއެވެ. އަދި 150 އަވުރެ ގިނަ ގައުމުން ފެއަރގައި ބައިވެރިވެއެވެ.