ނެޓްފްލިކްސް އިން އަޅުވާފައިވާ ފަރްޙާ ފިލްމަކީ ޔަގީނުންވެސ ްކަމުދާ ފިލްމެކެވެ! އެފިލު ސައްތަ އިންސައްތަ ކަމުދާނެ ކަން ޔަގީން ކުރެވުނީ ބަލައިގެނެއް ނޫނެވެ. އިޒްރޭލަށް އެފިލްމު ކަމުނުގޮސްގެން އެ ފިލްމަށް ފާޑު ކިޔުމުގެ މާނައަކީ ފިލްމަކީ ސައްތައިން ސައްތަ ބަލަން ޖެހޭ ރަގަޅު ފިލްމެއް ކަމެވެ.

ނެޓްފްލިކްސްގެ ފީޗާ ފިލްމު ފަރުހާގެ ކާމިޔާބީގެ ބޮޑު ސަބަބަކީ 1948 ވަނަ އަހަރު ޔަހޫދީން ފަލަސްތީން މީހުންނަށް ޣަދަރުވެރިވެ އެމީހުންގެ ބިންތައް ފޭރުމުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވި އަނިޔާވެރިކަން ޞަރީޙަކޮށް އޭގައި ދައްކުވައިދޭ ތީއެވެ.

ހަގީގީ ހާދިސާތަކުން ހިތްވަރުލިބިގެން އުފައްދާފައިވާ މި ފިލްމުގެ ވާހަކައަކީ މަޝްހޫރު ނަކްބާގެ ދުވަސްވަރު ޔަހޫދީ ޓެރރިސްޓް ޒަޔަނިސްޓް މިލިޝިއާތަކުން އާއިލާ މީހުން މަރާލި މަންޒަރު ދުށް ފަރުހާ ނަމަކަށް ކިޔާ ފުރާވަރުގެ އަންހެން ކުއްޖެއްގެ ވާހަކައެކެވެ.

ނަކްބާގެ މާނަ އަކުރުން އަކުރަށް ތަރުޖަމާ ކުރާނަމަ އޭގެ މާނައަކީ ބޮޑު ވެގެންވާ ކާރިސާ ނުވަތަ "ދަ ކެޓަސްޓްރޮފީ" އެވެ.

ނަކްބާއަކީ އިޒްރޭލަށް ހިތި ބަހެކެވެ! އެބަސް އާންމުކޮށް ބޭނުންކުރަނީ އިސްރާއީލު އުފެއްދުމާ ގުޅިގެން 700،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ގެދޮރުން ފައްސާލައި އެމީހުންގެ ގަނޑުވަރުތަކަޢި ވިއްލާއާއި ގެތައް ފޭރިގަތް ހާދިސާތައް ސިފަކުރުމަށެވެ. އައްސޭރިފަށުގެ ހައިފާއާއި ޔާފާއާއި ގުދުސްގައި ޔަހޫދީން މިފަދަ ފޭރުންތައް ފޭރިގެންފައި ވެއެވެ. އެއީ 1917 އިން 1948 އަށް ފަލަސްތީނުގައި އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު ފަލަސްތީނުގެ އަރަބި އާބާދީއާ ދެކޮޅަށް ހިންގި އަނިޔާވެރިކަން ސިފަކުރުމަށް ވެސް ބޭނުންކުރާ ލަފުޒެކެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ފަރްޙާ ރިލީޒްކުރި ފަހުން އިނގިރޭސިވިލާތުގެ ޓްވިޓާގައި #Farha ހެޝްޓެގް ޓްރެންޑްވެފައިވެއެވެ. އެތައް ހާސް ބަޔަކު ވަނީ ފިލްމަށް ޕޮޒިޓިވް ރިވިއުތައް ހިއްސާކޮށްފައެވެ. އަދި އެހެން މީހުންނަށް ވެސް ފިލްމު ބަލާލުމަށް ހިތްވަރުދީފަ އެވެ.

ތެދެކެވެ! ތިބާ އަކީ ޔަހޫދީ ޒުވާން އަންހެން ކުއްޖާ، އޭން ފްރޭންކްގެ ވާހަކަ އަޑު އަހައި އެއިން އަސަރުކޮށްފައިވާ މީހެއް ނަމަ، ފަރްޙާ މިއީ އަރަބި އިސްލާމީ އޭން ފްރޭންކެއްގެ ވާހަކައެކެވެ!

ގުދުސްގައި ދިރިއުޅޭ ލިޔުންތެރިއެއް ކަމަށްވާ ޖަލާލް އަބޫ ޚާތަރު ވެސް ހިމެނެނީ ޓްވިޓާއަށް ގޮސް ފިލްމާ ގުޅޭ ގޮތުން ޚިޔާލުތައް ހިއްސާކޮށް، އެ ބަދުނަސީބު ދުވަސްވަރު އޭނާގެ އާއިލާތަކަށް ކުރިމަތިވި ހިތް ދަތި ތަޖުރިބާތައް ސިފަކުރި މީހެކެވެ.

އިސްރާއީލު އުފެއްދުމާ ދިމާވި 1948 ވަނަ އަހަރުގެ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރިކަން ދައްކުވައިދޭ އުރުދުންގައި އުފައްދާފައިވާ މި ފިލްމު ‘ފަރުހާ’ ސްޓްރީމް ކުރަން ނިންމުމާ ގުޅިގެން އިސްރާއީލުގެ މިނިސްޓަރަކު ވަނީ ނެޓްފްލިކްސް ކުށްވެރިކޮށްފައެވެ. އިސްރާއީލުގެ ކެބިނެޓުން ވަކިވެވަޑައިގަންނަވާ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާ ސެކިއުލަރ ކަނާތުފިޔައިގެ އަވިގްޑޯ ލިބަރމަން ވެސް ވަނީ ފިލްމު ދައްކަން ރާވާފައިވާ ޔާފާގެ ސިނަމާތަކަށް ދައުލަތުގެ ފައިސާ ނުދިނުމަށް ލަފާދެއްވާފަ އެވެ.

އުރުދުންގެ ފިލްމު އުފެއްދުންތެރިޔާ ސަލާމް ޑައިރެކްޓްކޮށްފައިވާ “ފަރުހާ” ގައި ކިޔައިދެނީ ފަލަސްތީނުގެ 14 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ރަށަށް އިސްރާއީލުގެ ސިފައިން ހަމަލާތަކެއް ދޭ ވާހަކަ އެވެ. 2021 ވަނަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމަށް ފަހު ނެޓްފްލިކްސް އިން ވަނީ ސްޓްރީމް ކުރަން ފަށާފައެވެ.

އިސްރާއީލުގެ ކަލްޗާ މިނިސްޓަރު ޗިލީ ޓްރޮޕާ ވިދާޅުވީ މި ފިލްމުން ފެންނަނީ "ދޮގުތަކާއި އިޒްރޭލަށް ބުނާ ބަދުބަސްތައް" ކަމަށެވެ. އަދި އެއީ އިޒްރޭލު "ބަދުނާމު" ކުރުމެއް ކަމަށެވެ.

"ފިލްމު ދެއްކުމަށް ނިންމި ނިންމުން ބަދަލު ކުރުމަށް ތިއޭޓަރުގެ މެނޭޖްމަންޓަށް ގޮވާލަން،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

ސްކްރީނިން އާއި ބެހޭ ގޮތުން އެއްޗެއް ބުނަން އޭއެފްޕީން އެދުމުން ތިއޭޓަރުގެ ޑިރެކްޓަރު ވަގުތުން ޖަވާބެއް ނުދެއެވެ.

https://youtu.be/iMzfjNLmu3U

“ފަރުހާ” އަކީ 1948 ވަނަ އަހަރު ފަލަސްތީނުގެ 760،000 އަށް ވުރެ ގިނަ މީހުން ފިލައިގެން ނުވަތަ ގެދޮރުން މަޖުބޫރުކޮށްގެން އިސްރާއީލުގެ އަނިޔާވެރިކަން ދައްކުވައިދޭ ފުރަތަމަ ފިލްމެއް ނޫނެވެ. އިސްރާއީލުގެ ޑައިރެކްޓަރު އެލޮން ޝްވާޒް އަށް އިސްރާއީލުގެ ހުޅަނގު އުތުރުގައި އޮންނަ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ތަންތޫރާގައި 2022 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުންތަކެއް ގަތުލުކުރި ކަމަށް ބުނާ ޑޮކިއުމެންޓްރީއާ ގުޅިގެން އިސްރާއީލަށް ފާޑުކިޔުންތަކާ ކުރިމަތިވި އެވެ. އިސްރާއީލުގެ އެކްޓިވިސްޓުން ހިމެނޭ ގޮތަށް ފާއިތުވި އަހަރުތަކުގައި ގޮވާލުންތައް ގިނަވެފައި ވަނީ، އިޒްރޭލު އުފެދުނު ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ ސިފައިންގެ އަމަލުތަކާ މެދު ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރުމަށް ގޮވާލާ ގޮވާލުންތައް ވަނީ އިތުރުވެފަ އެވެ.