ބައިނަލްއަޤްވާމީ ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ

މިއީ ތައިލެންޑް ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތުގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ ރަސްމިއްޔާތެކެވެ. މިއަދުފަށާ މި ރަސްމިއްޔާތު އޮތީ ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައެވެ.

މި ފެޝަން ވީކްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެޝަން ޑިޒައިނަރުން ބައިވެރިވިއެވެ. މި ހަރަކާތް ކުރިއަށްދާނި ކުރިޔަށް ދަނީ ޑިސެމްބަރު 6 އިން 11 އަށެވެ.މި ޙަރަކާތުގައި ރާއްޖެއިން ބައިވެރިވަނީ ފެޝަން ޑިޒައިނަރ ޖާދުﷲ އިސްމާޢީލެވެ. މިހަރަކާތުގައި އޭނާގެ ޑިޒައިންތައް ދައްކާލުން މިއަދު އޮންނާނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ރަސްމިއްޔާތަށް، ފަޒްނާ ތައިލެންޑަށް ވަޑައިގެންނެވީ، އެސޯސިއޭޝަން އޮފް ތައި ސިލްކް އެންޑް ކަލްޗަރ ޕްރޮމޯޝަންސްގެ ދަޢުވަތަކަށެވެ.