ޝަހީދުކޮށްފައިވާ ނޫސްވެރިޔާ ޝީރީން އަބޫ ޢަގްލާގެ މައްސަލަ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް ގެންދިއުމަށް އެމެރިކާއިން ދެކޮޅު ހަދައެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ބަޑިޖަހައި މިއަހަރުގެ ކުރީކޮޅު ޝަހީދުކޮށްލި ނޫސްވެރިޔާ ޝިރީން އަބޫ އަގްލާގެ މައްސަލައިގައި އިޒްރޭލުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ޖަވާބުދާރީ ކުރުވުމަށް އަލްޖަޒީރާއިން މަސައްކަތް ކުރަމުން ދެއެވެ.
ނޫސްވެރިޔާ މަރާލި މީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ދަ ހޭގްގައި ހުންނަ ކޯޓަށް އަލްޖަޒީރާއިން ހުށަހެޅިތާ ގަޑިއެއްހާއިރު ފަހުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އެކަމާ ދެކޮޅު ހަދާ ކަމަށް ބުނެފަ އެވެ.
އިޒްރޭލުންވެސް ވަނީ އެގައުމުގެ ސިފައިން ބަޑިޖަހައި އަބޫ އަގްލާ ޝަހީދުކޮށްލީ ކަމަށް އެއްބަސްވެފައެވެ.
އެމެރިކާއިން އަބަދުވެސް ސިފައިންގެ މައްސަލަ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ބެލުމަށް ދެކޮޅު ހަދައެވެ. އެމެރިކާގެ ބިރަކީ އެގައުމުގެ ސިފައިންނާއި މަސްއޫލުވެރިންގެ މައްސަލަ އެކޯޓުން ބަލާފާނެތީއެވެ.